އޮލިމްޕަސް އަންނަ މަހުގެ މެދުތެރޭގައި ހުޅުވަނީ - މިހާރު ބުކް ކުރެވޭނެ

2020 ވަނަ އަހަރު ކޮވިޑްގެ ހާލަތާއި ގުޅިގެން މަރާމާތަށް ބަންދުކުރެވުނު އޮލިމްޕަސް މިފެށޭ އަހަރުގައި ހުޅުވާނެ ތާރީޙެއް ކަނޑައަޅައިފިއެވެ. އެގޮތުން 2023 ވަނަ އަރުގެ ޖެނުއަރީ 15ގައި ހުޅުވާއިރު، މިއަދުން ފ...

15 Dec 2022 | 16:51

2020 ވަނަ އަހަރު ކޮވިޑްގެ ހާލަތާއި ގުޅިގެން މަރާމާތަށް ބަންދުކުރެވުނު އޮލިމްޕަސް މިފެށޭ އަހަރުގައި ހުޅުވާނެ ތާރީޙެއް ކަނޑައަޅައިފިއެވެ.

އެގޮތުން 2023 ވަނަ އަރުގެ ޖެނުއަރީ 15ގައި ހުޅުވާއިރު، މިއަދުން ފެށިގެން އެޑްވާންސް ބުކިން ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައި ކަމުގައި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެއެވެ.

އެންސީއޭއިން މިކަމާއި ގުޅިގެން ކުރި އިއުލާނުގައި ބުނެފައިވަނީ އޮލިމްޕަސް އަލުން ދޫކުރާއިރު އިސްކަންދޭނީ ކޮވިޑްގެ ހާލަތުގައި ބަންދުކުރުމުގެ ކުރިން އޮލިމްޕަސް ބުކްކޮށް އެޑްވާންސްގެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށެވެ.

އޮލިމްޕަސް ނުހުޅުވި ދެ އަހަރެއްހާ ދުވަސް ހުޅުވުން ލަސްވެފައިވާއިރު، ސަރުކާރުން ބުނަނީ ލަސްވީ ތަނަށް ބޭނުންވާ ތަކެތި ލިބުމުގެ ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.އެހެންނަމަވެސް މިކަމަކީ ފިލްމީދާއިރާގެ ގިނަ ފަންނާނުންތަކެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެންދިޔަކަމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް