ކޮވިޑަށްފަހު ހާޓް އެޓޭކުގައި މަރުވާ ޒުވާނުންގެ އަދަދު އިތުރު

ޒުވާނުން ޅައުމުރުގައި ހާރޓްއެޓޭކްގައި މަރުވާ މިންވަރު ދެގުނައަށް އިތުރުރުވާކަމަށް އިންޑިއާއެގެ ތަފާސްހިސާބުތަކުން ދައްކައެވެ. މި 'ޓްރެންޑް' ފާހަގަވެފައިވަނީ ކޮވިޑްޖެހިފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނ...

15 Dec 2022 | 14:57

ޒުވާނުން ޅައުމުރުގައި ހާރޓްއެޓޭކްގައި މަރުވާ މިންވަރު ދެގުނައަށް އިތުރުރުވާކަމަށް އިންޑިއާއެގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި 'ޓްރެންޑް' ފާހަގަވެފައިވަނީ ކޮވިޑްޖެހިފައިވާ މީހުންނާއި ކޮވިޑް ޖެހި ރަނގަޅުވެފައި އެހެންނަމަވެސް އެއްއަހަރު ނުވާ މީހުންގެ ތެރޭގައެވެ. ހާރޓް އެޓޭކް ޖެހުމުގެ ރިސްކު މިހާރު އެންމެ ބޮޑުކަމަށް ޤަބޫލުކުރެވެނީ ކޮވިޑް ޖެހިފައި ރަނގަޅުނުވާ ބަލިމީންނަށެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކާއި ހަކޔރު ބަލި އަދި ޕްރެޝާރ މަށްޗަށްދާ ބަލިމީހުންނަށެވެ.

ނިމިދިޔަ ހަފަތާގެ ތެރޭގައި ކޮވިޑް ޖެހިފައިވާ އަދި ރަނގަޅުވެފައިވާ މީހުންނަށް ހާރޓް އެޓޭކްގައި މަރުވާމިންވަރު އިތުރުވާކަމަށް ފާހަގަކުރެވޭތީ، އެޑިޓަރ އިން ޗީފް އޮފް އެމެޖެންސީ މެޑިސިން ޖާރނަލްގެ އެޑިޓަރ ވިދާޅުވެފައިވަނީ ކޮވިޑާއި ގުޅިގެން ހާރޓް އެޓޭކް ޖެހޭމިންވަރު އިތުރުވާކަމުގެ މެޑިކަލް 'އެވިޑެންސް' ފަހުގެ ހޯދުންތަކުން ހޯދިފައިވާ ކަމުގައެވެ. އިންޑިއާ ނޫން އެހެންޤައުމުތަކުގެ ތަޖުރިބާކާރުންވެސް މިކަމާއިމެދު ކަންބޮޑުވުންފާޅުކުރައްވާއިރު ދުނިޔޭގެ ގިނަ ހިސާބުތަކަކުން މި 'ޓްރެންޑް' ދަނީ ފާހަގަކުރެވެމުންނެވެ.އެހެންނަމަވެސް އިންޑިއާ ބޮޑަށް ކަންބޮޑުވާންޖެހޭ ސަބަބަކަށް ޑރ.އެލެން ވެބަރ ފާހަގަކުރައްވަނީ ހާރޓް އެޓޭކްގައި މަރުވާ ޒުވާނުންގެ އަދަދު ދުނިޔޭގެ އެވްރެޖަށްވުރެ އިންޑިއާގައި ގިނަވުމެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި ކޮވިޑުގެ ވެކްސިން ޖަހައިފަ ތިބޭ ބަލިމީހުންނަށް ރިސްކު ކުޑަވެއެވެ. އެގޮތުން ކޮވިޑްގެ ޑޯޒްތައް ހަމަކޮށްފައިވޭތޯ ޔަގީންކުރުމަކީ ކުރެވިދާނެކަމެކެވެ. އޭގެ އިތުރުން ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ އެހެނިހެން ސަބަބުތަކަށް ފަރުވާ ހޯދައިފައިވާ ފަރާތްތަކުގެ ރިސްކް ކުޑަވާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް