އަންހެނުންނަށް ވުރެ ފިރިހެނުން ދިރިއުޅުމުގެ ކަންކަމުގައި ފަރުވާ ކުޑަ - ދިރާސާ

ދިރިއުޅުމުގައި އަންހެނުންނަށް ވުރެ ފިރިހެނުން ފަރުވާ ކުދަކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިކަން ދެނެގަތުމަށްޓަކައި ވޮޝިންޓަންގައި 46034 މީހުން ބޭނުންކޮށްގެން ދާދިފަހުން ދިރާސާއެއް ހެދިފައިވެއެވެ. ...

15 Dec 2022 | 14:32

ދިރިއުޅުމުގައި އަންހެނުންނަށް ވުރެ ފިރިހެނުން ފަރުވާ ކުދަކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިކަން ދެނެގަތުމަށްޓަކައި ވޮޝިންޓަންގައި 46034 މީހުން ބޭނުންކޮށްގެން ދާދިފަހުން ދިރާސާއެއް ހެދިފައިވެއެވެ. އެގޮތުން މި ދިރާސާގައި އަންހެނުންނާއި ފިރިހެނުން ހިމަނާފައިވެއެވެ. މިދިރާސާގެ އިސް އޮފިޝަލެއްކަމަށްވާ ޑެނިލް ޖީ އެމެން ބުނެފައިވަނީ، މިއީ ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުން ގެ ތަފާތު ދެނެގަތުމަށް ހެދުނު ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މިދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދިރިއުޅުމުގައި ހުރި ހުރަސްތައް ނައްތާލެވިދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މި ދިރާސާތަކަށްފަހު ނެރުނު ރިޕޯޓްތަކުން އެނގުނު ގޮތުގައި އަންހެނުންނަކީ އަމިއްލަ ދިރިއުޅުމުގައި ފިރިހެނުންނަށް ވުރެ ބޮޑަށް ކަންކަމާއި ފަރުވާ ބަހައްޓައިގެން މަޝްޢޫލުވެ އުޅޭ ބައެކެވެ. އެގޮތުން ގޭތެރޭގެ ކަންތަކާއި ދަރިން ބެލުމުގެ ކަންކަމުގައި އަންހެނުން އުޅެނީ މާ ކުރިގައެވެ. އެހެން ކަމުން އެނގި ހާމަވެފައިވަނީ އަންހެނުންނާއި ހިލާފަށް ފިރިހެނުންނަކީ ކަންކަމަށް އަހައްމިޔަތު ދީގެން ކަންކަން ކުރުމަށް ފަރުވާކުޑަ ބައެއްގެ ގޮތުގައެވެ.

އަދި މީގެ އިތުރުން ފިރިހެނުންނަށް ވުރެ ބޮޑަށް ހަމްދަރުދީ ވުމާއި، މީހުންގެ އިޙްސާސްތައް ދެނެގަތުމާއި، އަމިއްލަ ނަފްސަށް ބާރުފޯރުވުމުގައި އަންހެނުން ކުރި ހޯދައިފައިވާކަން ވެސް އެނގިފައިވެއެވެ.

އަންހެނުންނާއި ފިރިހެނުންގެ ތަފާތު ދެނެގަތުމަށް މީގެ ކުރިންވެސް އެކި އެކި ދިރާސާތައް ހެދިފައިވާއިރު، ގިނަ ދިރާސާތަށް ވަނީ ކާމިޔާބު ވެފައެވެ. އަދި ފަހަކަށް އައިސް ހެދޭ ގިނަ މިފަދަ ދިރާސާތަކުން ފިރިހެނުންގެ ޤާބިލުކަމަށްވުރެ އަންހެނުންގެ ވިސްނުންގެ ގާބިލުކަން މާ ބޮޑަށް ވެސް ރަނގަޅުކަމަށް ފާހަގަ ކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް