ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރާއި ގުޅޭ ރިޕޯޓު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
މި ރިޕޯޓް ރައީސް ސޯލިހަށް އަރުވާފައިވާއިރު މި ރިޕޯޓް ރައީސްގެ އަތްޕުޅަށް އެރުވުމަށްފަހު އެ ކޮމިޝަނުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި ކޮމިޝަނުގެ މެންބަރުން ވަނީ ރިލްވާންގެ އާއިލާގެ މެންބަރުންނާއި ބައްދަލުކޮށް ރިޕޯޓުގައި ހިމެނޭ ކަންކަން ވަރަށް ތަފްސީލުކޮށް އެ އާއިލާއާއި ހިއްސާކޮށްފައެވެ.
މި ރިޕޯޓް ރައީސްގެ އަތްޕުޅަށް އަރުވާފައިވާއިރު ކޮމިޝަނުގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ރައީސް ފާހަގަކުރައްވައި އެ މައުލޫމާތުތައް ހިއްސާކުރައްވަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ރިޕޯޓާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންކަން ގާނޫނާއި އެއްގޮތްވާގޮތުގެ މަތިން ކުރެއްވުމަށް ރައީސް، ކޮމިޝަންގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް