ށ. ނޫމަރާ ބަނދަރު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
މި މަޝްރޫއުގައި ހިމެނެނީ އެ ރަށު ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތަށް ސައިޓް މޮބިލައިޒް ކުރީ މިއަދު އެވެ.
މި މަޝްރޫޢުގެ ދަށުން، 6,347 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ (މެއިންޓެނެންސް ޑްރެޖިންގ) މަސައްކަތް ކުރާނެ އެވެ.
އަދި ސަރވޭއިންގ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް