ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން އެގައުމަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހު އެވެ.
ގަތަރަށް ކުރެއްވި މިދަތުރުފުޅަކީ އެ ގައުމުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށެވެ. މި ދައުުވަތަކީ މިހާރު ގަތަރުގައި ކުރިޔަށްދާ ވޯލްޑް ކަޕް މެޗުތަކެއް ބައްލަވާލެއްވުމަށް ދެއްވި ދައުވަތެކެވެ.
މި ދަތުރުފުޅުގައިރައީސްގެދެކަނބަލުން ބައްލަވާލެއްވީ އިއްޔެ ރެއާއި ރޭގައި ކުޅެވުނު ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗުތަކެވެ.
ރައީސްގެ މި ދަތުރުފުޅުގައި އުރީދޫ ގްރޫޕުގެ އިސްވެރިންނާއި ބައްދަލު ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް