ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.
މި ތަކެއްޗަކީ ބޭންކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ހަދިޔާކުރި ތަކެއްޗެވެ. ބީއެމްއެލްއިން ބުނީ ތަކެތި ހަދިޔާ ކުރި ސްކޫލްތަކުގެ ސެން ކްލާސްތަކުގައި 260 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރެ އެވެ.
ބީއެމްއިން ބުނީ ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.
ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތަކަކީ:
- މުލަކު ސްކޫލް، މ. މުލައް
- މަރަދޫ ސްކޫލް، ސ. މަރަދޫ
- މާވަށު ސްކޫލް، ލ. މާވަށް
- ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
- ގއ. އެޑިއުކޭޝަން ސެންޓަރ، ގއ. ވިލިގިނލި
- ތ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ތ. ތިމަރަފުށި
- ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
- ހދ. އަތޮޅު ސްކޫލް، ހދ. ވައިކަރަދޫ
- ނ. އަތޮޅު އެޑިއުކޭޝަން ސެންޓަރ، ނ. ވެލިދޫ
- ނޮޅިވަރަންފަރު ސްކޫލް، ހދ. ނޮޅިވަރަންފަރު
މިވޭތުވެދިޔަ ތިން އަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް