ރޭގެ އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރަތްވިލާ މަގުގައި ހުންނަ ވޯކްޝޮޕެއްގައި އެވެ. ހާދިސާގެ ރިޕ...

15 Dec 2022 | 08:19

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރަތްވިލާ މަގުގައި ހުންނަ ވޯކްޝޮޕެއްގައި އެވެ. ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ8:46 ހާއިރު އެވެ.

އޭޑީކޭ ހޮސްޕިޓަލުން މީޑިއާގައި ބުނީ އެމީޙާގެ ހަށިގަނޑުގެ ބައެއްތަންތަން ފިހިފައި ވީނަމަވެސް ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށް ބުނެފައިވެ އެވެ.

އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އުމުރުން 25 އަހަރުގެ މީހަކަށެވެ. އެކަމަކު ފިހިފައިވާ މިންވަރާއި ހާދިސާގެ ސަބަބުން ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް