ހެނދުނު ކަސްރަތުކުރުމަކީ ކިހާ މުހިއްމު ކަމެއް؟

ހެނދުނުގެ ކަސްރަތަކީ ހަށިގަނޑަށް ހީވެސްނުކުރާފަދަ ރަނގަޅު ބަދަލުތަކެއް ގެނުވާކަމެކެވެ. ހެނދުނު ހެނދުނާ ކޮށްލާ އެންމެ 10 މިނެޓްގެ ކަސްރަތަކުން ލިބޭ ހުރިހާ ފައިދާއެއް އިނގޭނަމަ ކޮންމެވެސް މިންވަރަކަށް ކ...

15 Dec 2022 | 06:54

ހެނދުނުގެ ކަސްރަތަކީ ހަށިގަނޑަށް ހީވެސްނުކުރާފަދަ ރަނގަޅު ބަދަލުތަކެއް ގެނުވާކަމެކެވެ.

ހެނދުނު ހެނދުނާ ކޮށްލާ އެންމެ 10 މިނެޓްގެ ކަސްރަތަކުން ލިބޭ ހުރިހާ ފައިދާއެއް އިނގޭނަމަ ކޮންމެވެސް މިންވަރަކަށް ކަސްރަތު ކުރެވޭތޯ މަސައްކަތް ކުރާނެކަން ޔަގީނެވެ.

ހެނދުނުގެ ކަސްރަތު ރޭގަނޑުގައި އަރާމު ނިދިލިބުމަށް ފަހިކޮށްދެއެވެ. ދުވަހުގެ ކުރިޔަށް އޮތްތަނުގައި ވަރުބަލިވުން ކުޑަކޮށްދޭ ހަކަތައަކަށް ވެގެންދެއެވެ. ހަކުރު ބަލި، ލޭމައްޗަށް ދިއުން ފަދަ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ. މީގެ އިތުރުން އެދުވަހެއްގެ މޫޑް ރަނގަޅުވުމަކީ ހެނދުނުގެ ކަސްރަތުން ލިއްބައިދޭ މުހިންމު ފައިދާތަކެކެވެ.

ކަސްރަތުގެ ގޮތުގައި ހަށިގަނޑަށް ފައިދާ ލިބޭކަމެއްނަމަ ހެނދުނު ކޮންމެ ކަމެއްކުރުންވެސް ރަނގަޅުވާނެއެވެ. އެކަމަކު ދިގު މުއްދަތަކަށް ބަރާބަރަށް ކަސްރަތުކުރެވޭނީ ތިމާ ޝައުގުވެރިވާކަމެއް ޙިޔާރުކޮށްގެނެވެ.

އޭގެތެރޭގައި:

- ހެނދުނު ރައްޓެހިންނާއިއެކު 10 މިނެޓް ހިނގާލަން ދެވިދާނެ

- ބަރު އެއްޗެއް ހިފަހައްްޓައިގެ 30 ސިކުންތު ހުރެލުން.

- 10 މިނެޓުގެ ވޯކްއައުޓެއް ކޮށްލުން ފަދަ ކަންކަމުން ފެށިދާނެއެވެ.

ހެނދުނު ކަސްރަތުކުރަން ފަށަން ބޭނުންވާނަމަ ދިރިއުޅުމުގެ އާދަތަކަށް ކުޑަބަދަލެއް ގެންނަންވާނެއެވެ. އެގޮތުން ރޭގަނޑު އަވަހަށް ނިދުމާއި ހެނދުނު ހޭލައިގެން ރަނގަޅު ނާސްތާއެއް ނެގުމަކީ އެންމެ މުހިންމު ދެކަމެވެ. ދެން ކޮންމެ ދުވަހު ހެނދުނުގެ ވަގުތުކޮޅެއް ކަސްރަތަށް ހުސްކުރުމެވެ. ހަނދާނުގައި ބަހައްޓަންވީކަމަކީ އެއްވެސް ވަރަކަށް ކަސްރަތު ނުކުރުމަށްވުރެ ކޮންމެސް ވަރަކަށް ކުރުމުން ފައިދާވާނެކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް