އެޗްޑީސީ "ބޯޅަ ފޯރި": ފައިނަލް މެޗު ބަލަން ގޮސްގެން 5000 ރުފިޔާ!

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވޯލްޑް ކަޕް ފުޓުބޯޅަ މުބަރާތާއި ދިމާކޮށް ކުރިޔަށް ގެންދާ "ބޯޅަ" ފޯރީގެ ދަށުން ހާއްސަ ލަކީ ޑްރޯއެއް ނަގަން ނިންމައިފި އެވެ. އެޗްޑީސީން ބުނީ މި ލަކީ ޑް...

15 Dec 2022 | 06:04

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވޯލްޑް ކަޕް ފުޓުބޯޅަ މުބަރާތާއި ދިމާކޮށް ކުރިޔަށް ގެންދާ "ބޯޅަ" ފޯރީގެ ދަށުން ހާއްސަ ލަކީ ޑްރޯއެއް ނަގަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހުޅުމާލޭގައި އެ ކޯޕަރޭޝަނުން ބަހައްޓާފައިވާ ބޮޑު ސްކްރީންތައް ކައިރިޔަށް މުބާރާތުގެ ފައިނަލް މެޗު ބަލަން ދާ މީހުންނަށެވެ. މިއީ މީޑިއާ ނެޓާއި އެޗްޑީސީ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

އެޗްޑީސީން ބުނީ މި ލަކީ ޑްރޯގައި މެޗު ބަލަންދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް މީހަކަށް5،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށެވެ.

ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ އެވެ.

https://twitter.com/hdcmaldives/status/1603240968698105857

ވޯލްޑްކަޕް މެޗުތައް ބަލަން ހާއްސަކޮށް ހުޅުމާލޭގައި ބޮޑު ސްކްރީން ބަހައްޓާފައިވަނީ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކާއި ފޭސް ދޭއްގެ ހިޔާ ފްލެޓު ސަރަހައްދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް