ދުބާއީގެ ޕްރިންސް ހަމްދާންގެ ތައުރީފު މޮރޮކޯ ޓީމަށް!

މޮރޮކޯގެ ގައުމީ ފުޓުބޯޅަ ޓީމަކީ އަރަބިންނަށް ހުރި ފަޙުރެއްގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ ސިޓީ ދުބާއީގެ ޕްރިންސް ޝެއިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދް އަލް މަހްތޫމ...

15 Dec 2022 | 05:35

މޮރޮކޯގެ ގައުމީ ފުޓުބޯޅަ ޓީމަކީ އަރަބިންނަށް ހުރި ފަޙުރެއްގެ ގޮތުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވިޔަފާރީގެ ސިޓީ ދުބާއީގެ ޕްރިންސް ޝެއިހް ހަމްދާން ބިން މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް، ސިފަކުރައްވައިފި އެވެ.

ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑްކަޕްގައި މޮރޮކޯ ޓީމު ވަނީ ސެމީ ފައިނަލްގައި ވާދަކޮށްފައި އެވެ. އެ ޓީމު ރޭ ފައިނަލަށް ނުގޮސް މުބާރާތުން ކެޓީ ފްރާންސް އަތުން2-0 ން ބަލިވެގެންނެވެ.

އެކަން ފާހަގަކޮށް ޕްރިންސް ހަމްދާން ވަނީ މޮރޮކޯގެ ގައުމީ ފުޓުބޯޅަ ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ ރޭ ފްރާންސް އާއި ދެކޮޅަށް ކުޅެ މޮޅު ނުވިޔަސް މޮރޮކޯ ޓީމުގެ ކުޅުމަށް ސާބަސް ދޭ ކަމަށެވެ.

ޔޫއޭއީގެ ޕްރައިމް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް ޓްވިޓާގައި ވިދާޅުވީ މޮރޮކޯ ޓީމުގެ ހިތްވަރަށް ސާބަސްދެއްވައި ފަޙުރުގެ ބަސްތަކެއް ފޮނުއްވާފައި އެވެ. ސެމީފައިނަލާއި ހަމައަށް އަރަބީންގެ ގައުމަކަށް ދެވުމަކީ ކޮންމެ އަރަބި ދަރިއަކުވެސް ފަޙުރުވެރިވާނެ ކަމެއްކަމުގައި ޓްވީޓުގައި ފާހަގަ ކުރައްވާފައި އެވެ.

ރޭ މުބާރާތުން ކެޓި މޮރޮކޯވެފައިވަނީ އަރަބި ގައުމުތަކުގެ ތެރެއިން ވޯލްޑްކަޕްގައި ގަދަ ހަތަރެއްގައި ކުޅުނު ފުރުތަމަ ގައުމަށެވެ.

ކިކްއައުޓް ސްޓޭޖްގައި ޔޫރަޕްގެ ދެބާރު ދެކޮޅަށް މޮޅުވެ ގުރޫޕް ސްޓޭޖުގައިވެސް ބެލްޖިއަމް އަދި ކޮރޯޝިއާ އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމަށް މުޅި އަރަބިކަރަ ފަހުރުވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް