ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު އުޅެނީ އެމެރިކާގެ ޓީވީ ތަރި ކައިލި ޖެނާއަށް ވާހިދުން ހަދާނެ ގޮތް ހުސްވެގެން ކަމަށް ބުނެ މީހުން ފަޑުކިޔައިފި އެވެ.
މިގޮތަށް ފަޑުކީ އޭނާ ނީކާ ފެމިނާ އެވޯޑު ހަފްލާއަށް ދިޔަ އިރު މާމައިޑެއްހެން ހެދުން އަޅާފައި ހުރުމުންނެވެ. މީގެ ކުރިން ކައިލީގެ ދައްތަ ކިމް ކާޑޭޝަން ހެދުމެއް ކޮޕީ ކޮށްގެން ހެދުމެއް ފަހައިގެން ލީކަމަށްބުނެވެސް ޖާންވީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
އެވޯޑު ހަފްލާއަށް އޭނާ ގޮސް ހުރީ ރީނދޫ އަދި ގުރާ ފެހި ކުލަ ހިމެނޭ މާމެއިޑެއް ގޮތަށް ފަރުމާ ކޮށްފައިވާ ހެދުމެކެވެ. ހެދުމުގެ މަތީބައި ވަރަށް ނިވާކަން ކުޑައިރު ތިރި އޮތީ މާމެއިޑެއް ގޮތަށް ފިހުރުވާލާފައި އެވެ.
މި ހެދުމަށް ފާޑުކީ މީހުން ބުނީ ކައިލީ ބަނޑު ހުންހެން ބަހައްޓަން ޖާންވީ އެ ހެދުން ލައިގެން ހުރީ ބަނޑު ހިންދައިގެން، ނޭވާވެސް ރަނގަޅަށް ނުލާ ކަމަށެވެ. ބައެއް މީހުން ވަނީ އެ ހެދުން ލުމުން ހިތުން އެހުރީ ޖާންވީ ކާޑޭޝަން ކަޕޫރަށް ވެފައި ކަމަށް ބުނެ މަލާމާތް ކޮށްފައި އެވެ.
https://www.instagram.com/p/CmIrwZGo5XH/
މިފަދަ ފާޑުކިޔުންތަކާއި ގުޅިގެން ޖާންވީ މީގެ ކުރިން ބުނީ އެއީ އޭނާގެ ހެދުން އެޅުމާއި ގުޅޭގޮތުން އުފެދޭ ހައިރާން ކަމެއްގެ ސަބަބުން މީހުން ދައްކާ ވާހަކަ ކަމަށެވެ. އެކަމާއި ރުޅި ނާންނަކަމަށް ބުންޏެވެ.
އަދި ލެވޭ ހެދުމަކާއި މެދު ފަހުން ހިތާމަކޮށް ނުލެވުނު ނަމައޭ ހިތަށް ނާރާ ކަމަށް ބުނެފައިވެ އެވެ.
ޖާންވީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "މިލީ" އިންނެވެ. އެ ފިލްމުގައި އޭނާ ދައްކާފައިވާ ހުނަރަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް