ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް އައްޑޫއާ ފުވައްމުލަކު ސިޓީއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫސިޓީއާ ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެނ...

15 Dec 2022 | 03:42

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫސިޓީއާ ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވާނެއެވެ.

އަދި އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙްކޮށްދެއްވާނެއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދިފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފްވެރިކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނަވާނީ އަންނަ ހޯމަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް