ސައޫދީއަށް ބޭހާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކެއްގެ 421 މީހަކު ހައްޔަރުކޮށްފި

ސައޫދީ އަރަބިއްޔާއަށް ބޭހާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކަކަށް ނިސްބަތްވާ 421 މީހަކު ހައްޔަރުކޮށްފިއެވެ. ސައޫދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ އޮޕަރޭޝަނަކީ އެ ގައުމުގެ އެކި ކަންކ...

15 Dec 2022 | 03:41

ސައޫދީ އަރަބިއްޔާއަށް ބޭހާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނެޓްވޯކަކަށް ނިސްބަތްވާ 421 މީހަކު ހައްޔަރުކޮށްފިއެވެ.

ސައޫދީ ގެޒެޓްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ އޮޕަރޭޝަނަކީ އެ ގައުމުގެ އެކި ކަންކޮޅުތަކަށް ބޭހާސް މަސްތުވާތަކެތި އަދި މަސްތުވުމަށް ބޭނުންކުރާ ޒާތުގެ އެހެނިހެން ތަކެތި ހިމެނެއެވެ.

އެމީހުންގެ އަތުން އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 52.4 ޓަނުގެ ނާކޮޓިކް ޚަޓް (މަސްތުވުމަށް ބޭނުންކުރާ ފަތެއް)، 80 ކިލޯގެ ހިކި ހަޝިޝް އަދި 475،000 ގުޅަ ބޭސް އަދި 145،000 ގުޅަ ޕާޓީ ޑްރަގްސް ހިމެނޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްކޮށްފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކުރި 421 މީހުންގެ ތެރޭގައި ހިމެނެނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ 39 މީހަކާއި ޔަމަނަށް ނިސްބަތްވާ 342 މީހަކާއި އިތިއޯޕިއާއަށް ނިސްބަތްވާ 38 މީހެއްގެ އިތުރުން އިރާގަށް ނިސްބަތްވާ ދެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް