ހުޅުމާލޭ މޫދަށް ޕިކަޕެއް ވެއްޓިއްޖެއެވެ.
ހުޅުމާލޭ މުދާ ފެރީ ކައިރިއަށް ދިޔަ ކުޑަ ޕިކަޕް މޫދަށް ވެއްޓުނީ މުދާ ފެރީއާއި ކައިރި ކުރި ވަގުތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ހުޅުމާލޭގައި ޓެކްސީ ކުރާ އެ ޕިކަޕު ވެއްޓުނީ މުދާ ފެރީއަށް ކައިރިކޮށްފައި ވެހިކަލު މަޑުކޮށް، އިންޖީނު ވެސް ނިއްވާލިފަހުން ކަމަށާއި ބޮޑަށް ބެލެވެނީ ހޭންޑް ބުރަކި ނުޖައްސާ ފައިބަން އުޅެނިކޮށް ވެއްޓުނީ ކަމަށް މަންޒަރުދުށް މީހަކު ބުންޏެވެ.
ޕިކަޕު ވެއްޓުނު އިރު އޭގެތެރޭގައި ޑްރައިވަރު އިންނަމަވެސް އޭނާއަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. ޕިކަޕު ނެގުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް