ހައުސިން މިނިސްޓްރީއަށް އިތުރު ކޯޑިނޭޓަރަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ކޯޑިނޭޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިޔާގެ މަގާމުގެ...

15 Dec 2015 | 13:50

ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ކޯޑިނޭޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިޔާގެ މަގާމުގެ ވާޖިބި އަދާކުރެއްވުމަށްޓަކައި ބޭނުންފުޅުވާ މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމަށް މިއަދު އައްޔަން ކުރައްވާފައިވަނީ ލ އިސްދޫ، ބްލޫރެސްޓް، އަހުމަދު ފަތުޙީ އެވެ.

ކޯޑިނޭޓަރުގެ މަގާމަށް ފަތުހީ އައްޔަންކުރައްވާފައިވާއިރު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި މިހާރު 14 ބޭފުޅުން ތިއްބަވަ އެވެ.

ހައުސިން މިނިސްޓްރީގައި 14 ކޯޑިނޭޓަރުން ތިއްބަވާއިރު ޕަބްލިކްވޯކްސް ސައިޓްތަކާއި ސިޓީ ކައުންސިލްތަކުގެ ކަންކަން މިހާރު ހިންގަމުން ގެންދަނީ ސީދާ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް