ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ލަންކާގެ ސްނައިޕަރުގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްނައިޕަރުގެ ބަންދުގެ މުއްދަތު ހަތަރުވަނަ ފަހަރަށް އިތުރުކޮށްފައިވަނީ މިދިޔަ ހަފްތާގފެ ތެރޭގައި ކަމަށެވެ.
ސްނައިޕަރުގެ ބަންދުގެ މުއްދަތު މިފަހަރުވެސް އިތުރުކޮށްފައިވަނީ 15 ދުވަހަށެވެ. ފުލުހުން ހާމަކުރާ ގޮތުގައި އުމުރުން 27 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ކަމަށެވެ.
އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް