ހުޅުމާލެ ސުނާމީ ޖެޓީ ސަރަޙައްދުން ދެ ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި ދެ ފުޅި ބަނގުރާ ފެނިފައިވަނީ މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ 19:20 ހާއިރު ހުޅުމާލެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ސުނާމީ ޖެޓީ ކައިރީ އުޅުނު މީހެއްގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެސަރަޙައްދު ބަލައިފާސްކުރިއިރު އެސަރަޙައްދުގެ ގަސްތަކުގެ ތެރެއިން ފެނުނު ކޮތަޅެއްގެ ތެރެއިން ކަމަށެވެ.
ސުނާމީ ޖެޓީ ސަރަޙައްދުގައި އެވަގުތު އުޅުނު މީހާ ވަނީ ފުލުހުން ފެނުމުން ފިލާފައި ކަމަށާއި މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް