ދިވެހި އަންހެނުންނަކީ ގޭގެ ވެރިން: ވަޒީރު

އަންހެނުންނަކީ ޢާއިލީ ދިރިއުޅުމުގައި ވަރަށް އިޚްތިރާމު ލިބިގެންވާ ބައެއް ކަމަށާއި ދިވެހި އަންހެނުންނަކީ ގޭގެ ވެރިން ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހ...

15 Nov 2025 | 17:05
ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް -

ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް -

އަންހެނުންނަކީ ޢާއިލީ ދިރިއުޅުމުގައި ވަރަށް އިޚްތިރާމު ލިބިގެންވާ ބައެއް

ކަމަށާއި ދިވެހި އަންހެނުންނަކީ ގޭގެ ވެރިން ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ

ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ، ރެހެންދި އެވޯޑު ދިނުމުގެ

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން، އިބްނު ބަތޫތާގެ ފޮތް "ރިޙްލާ" ގައި ދިވެހި އަންހެނުން ސިފަކުރައްވާފައިވާގޮތް ހާމަކުރައްވަމުންނެވެ.

ދިވެހި އަންހެނުން ނަކީ ގޭގެ ވެރިން އެމީހުންނަކީ ޢާއިލީ ދިރި އުޅުމުގައި ވަރަށް އިޙްތިރާމް ލިބިގެންވާ ބައެއް އެއީ ހަމަ އެކަނި ގޭގެ ތެރެއަށް ނިސްބަތްވާ ބައެއްނޫން ޖަޒީރާގެ އިޤްތިޞާދީ ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވާ ބައެއް

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންހެނުންނަކީ ޒަމާނުއްސުރެ މި މުޖުތަމަޢު ބައްޓަންކުރުމުގެ

މޭސްތިރިންކަމަށާއި ގޭގެ ވެރިން ގޮތުގައި ތިއްބަވައިގެން އިހުގެ އަންހެނުން ގެންދިޔައީ

ގާބިލް ޖީލުތައް ތަރުބިއްޔަތު ކުރަމުން ކަމަށެވެ. ބަލިވީމާ އެހީތެރިވަމުން، މުސްކުޅިވީމާ

އަޅާލުމާއި އޯގާތެރިކަމާއި އެކު ޢާއިލާތަކަށް ޚިދުމަތްކޮށްދެމުން ކަމަށެވެ. ޖީލަކަށް

ފަހު ޖީލެއްގެ ޤާބިލުކަން އިތުރުކުރެވޭނެހެން ތަރުބިއްޔަތު ކުރަމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ

ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައިވާ ގިނަ އަންހެނުންގެ އަޑު އައްސަވާ، ހާލަތު ދެނެވަޑައިގެންނެވިކަން

ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެގޮތުން އިޤްތިޞާދީ ގޮތުން ކުރިއެރުމަށް ހުރި ދަތި

ތަކުގެ ވާހަކަތައް އޮޅުން ފިލުއްވި ކަމަށެވެ.

އެންމެ ފާހަގަ ވެގެންދިޔަ އެއްކަމަކީ ވިޔަފާރި ފެއްޓުމަށް ނުވަތަ ފުޅާކުރުމަށް، ލޯނެއް ނެދުމުގެ ދަތިކަން. ބޭންކް ތަކުން ލޯނު ދިނުމުގެ އުސޫލުތައް ހުރިގޮތުން އަންހެނުންނަށް ލޯންއެއް ލިބުމުގެ ދަތިކަން

ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމަށް ނިމުމެއް ގެންނެވުމަށްޓަކައި އަންހެނުންނަށް ޚާއްސަ 100 މިލިޔަން ރުފިޔާގެ

ލޯންނު ސްކީމެއް އެކުލަވާލައްވައި އަދި އެލޯން ސްކީމަކީ ޝާމިލް ކުރުވަނިވި ލޯން ސްކީމް

އެއްގެ ގޮތަށް ހެއްދެވުމަށްޓަކައި ލޯން ސްކީމްގެ %25  ނުކުޅެދުންތެރިކަން ހުރި އަންހެނުންނަށް ޚާއްސަ

ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް

މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ދަނީ ފެންނަމުން. 83 ފަރާތަކަށް

ވަނީ މިލޯން ދެވިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ ތެރެއިން 45 އިންސައްތަ ވިޔަފާރި ފެށި އެކަމުގެ މަންފާ އެފަރާތްތަކަށް ލިބެމުންދާކަން އުފަލާއިއެކު ފާހަގަކުރަން، އަދި ޒަމާނީ ޓެކްނޮލޮޖީއާއި ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން އަންހެނުންގެ ވިޔަފާރީގެ ހުނަރު އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާކަން ފާހަގަކުރަން، މިގޮތުން 2024 ވަނަ އަހަރު 77 އަންހެން ވިޔަފާރިވެރިންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވޭ، މިއީ އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިވެ، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތަކުގެ އަލީގައި އަންހެނުންގެ ކުރިއެރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް

ވަޒީރު ފާހަގަކުރެއްވިއެވެ.

ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި

އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަން

ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި ސިޔާސަތާއި އެއްގޮތަށް ޢައްޔަންކުރެވޭ މަޤާމްތަކުގައި

އަންހެނުންގެ ނިސްބަތްވަނީ އިތުރުކޮށްފައިވާކަމަށާއި މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ

ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް އިތުރުކޮށްފައިވާކަމަށެވެ.

އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އާސަންދަ ކޮމްޕެނީ ލިމިޓެޑް، ކެޕިޓަލް

މާކެޓް ޑިވެލޮޕްމަންޓް އޮތީރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްފަދަ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި

މިއަދު ތިއްބެވީ އަންހެނުންކަން އުފަލާއިއެކު ފާހަގަކުރައްވާކަމަށާއި އަދި މިނޫންވެސް

އެތައް އަގުހުރި ބުރަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެތަކެއް އަންހެން ބޭފުޅުން

ގިނަ މަގާމުތަކެއްގައި އެބަ ތިއްބެވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރިން އަންހެނުންގެ މަދު ދާއިރާތަކުގެ ގޮތުގައި ފާހަގަކުރާ ގިނަ ދާއިރާތަކެއްގައި މިއަދު ގިނަ އަދަދެއްގެ އަންހެނުން ދަނީ އިސް ސަފަށް ނިކުމެ ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން، ޗާޓާރޑް އެކައުންޓެންޓުންގެ ގޮތުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރ ވެފައިވާ 58 އަންހެން މެންބަރުންގެ ތެރެއިން 36 އިންސައްތަ މަސައްކަތްކުރަމުންދަނީ އިސްމަޤާމްތަކުގައި، 2019 ވަނަ އަހަރާއި އަޅާ ކިޔާއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވަމުން އަންނަ މިންވަރު މިވަނީ 12 އިންސައްތައިން 21 އިންސައްތައަށް އިތުރުވެފައި، 2022 ވަނަ އަހަރުގައި ސިވިލްސަރވިސްގެ އެގްޒެކެޓިވްލެވެލްގައި މަސައްކަތްކުރައްވާ އަންހެނުންގެ ނިސްބަތް 22 އިންސައްތަކަމަށް ދައްކާއިރު 2024 ވަނަ އަހަރު މި އަދަދު މިވަނީ 45 އިންސައްތައަށް އިތުރުވެފައި، އަދި ޖުޑީޝަރީ ދާއިރާގައި މަސައްކަތްކުރަމުންދާ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ ނިސްބަތް މިވަނީ 16 އިންސައްތައަށް އިތުރުވެފައި. އަދި 2024 ވަނަ އަހަރު އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާޞިލްކުރައްވާ ދަސްވެނިމިފައިވާ ތަފާސްހިސާބަށް ބަލާއިރު، މާސްޓަރސް ފެންވަރުގައި ދަސްވެނިމިފައިވާ 66 އިންސައްތައަކީ އަންހެނުން. އަދި ޕީ.އެޗް.ޑީ ހާޞިލްކޮށްފައިވާ 70 އިންސައްތައަކީ އަންހެނުން

ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ކާމިޔާބީތަކާއެކުވެސް، އަންހެނުންނަށް

ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުރިއަށް ދިއުމުގައި ގިނަ މަސައްކަތްތަކެއް ކުރަން

އެބަ ހުރިކަމަށާއި އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް

އެކި ގޮތްގޮތުން ކުރާ އަނިޔާ ކަމަށެވެ. މިކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި،

ޚާއްސަ އިސްކަމެއްދީގެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އިސްލާހުގެނައުމުގެ މަސައްކަތް

ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އަދި މި އިސްލާހުތަކުގެ ތެރެއިން

މިހާރު އުފެދެމުން އަންނަ މައްސަލަތަކަށް ރިޢާޔަތްކޮށް ޤާނޫނީގޮތުން އަންހެނުންގެ ޙައްޤުތަކާއި

ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް