ޑރ. ޝާހީނާ އަދި ޑރ. ޕަރްވޭޒް އަންސާރީ -
އިހު ދިއްލީގެ ލާލް ކިލާ ކައިރީގައި ދިން ބޮމުގެ
ހަމަލައާއި ރާއްޖެއާއި ގުޅުމެއް ވާކަމަށް އިންޑިއާގެ ނޫހަކު ސިފަކޮށްފިއެވެ.
އިންޑިއާ މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި
ކާރެއްގައި ބޮން ހަރުކޮށް ޖާނުން ފިދާވެ ގޮއްވާލި އެ ބޮމާއި ގުޅެނީ އިންޑިއާގެ
ހަރިޔާނާގެ ފަރީދާބާދުގައި އޮޕަރޭޓް ކުރަމުންދިޔަ ނިރުބަވެރިންގެ ބަޔަކާއެވެ.
ޚާއްޞަކޮށް ނިރުބަވެރި ޑަކުޓަރުންތަކަކާއެވެ.
އެގޮތުން އެ މައްސަލައާއި ސީދާ ގޮތުން ގުޅުން ނެތް
ނަމަވެސް ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކަކީ ޑރ. ޝާހީން ހަމަކަށް ކިޔާ އަންހެނެކެވެ.
އަދި ހަމަ އެހެންމެ ޑރ. ޝާހީންގެ ކޮއްކޮއެއް ކަމަށްވާ ޑރ. ޕަރްވޭޒް އަންސާރީ
ނަމަކަށް ކިޔާ މީހަކުވެސް ހައްޔަރުކޮށް އޭނާގެ ލެޕްޓޮޕާއި ފޯނު ފުލުހުންގެ
ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިންޑިއާގެ މީޑިއާ ހައުސްއެއްކަމުގައިވާ އީޓީވީ
ބާރަތުން ސިފަކޮށްފައިވަނީ ޑރ. ޕަރްވޭޒް ނިރުބަވެރިންނާއި ގުޅުން ބަދަހިކުރީ އޭނާ
ވަޒީފާ އަދާކުރުމަށް ރާއްޖޭގައި ކުރިން ތިން އަހަރެއްހާ ދުވަހު އުޅުނު އިރުގައި
ކަމަށާއި އެއަށްފަހު އޭނާ އިންޑިއާއަށް ގޮސް އޭނާގެ ދައްތަ ޑރ. ޝާހީން އާއެކު
ޖައްމު ކަޝްމީރަށް ބަދަލުވީކަމަށެވެ. އަދި ރާއްޖެއިން ދިޔަ ފަހުން ޑރ. ޕަރްވޭޒްގެ ޢަމަލުތައް
ހުރީ ހައްދުފަހަނައަޅާފައިވާ މީހުންގެ ޢަމަލުތައް ހުންނަކަހަލަ ގޮތަކަށް ކަމުގައިވެސް
އަވަށްޓެރީންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް