ބިދޭސީއަކު ގެއްލިގެން ހޯދަނީ

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ) އެވެ. ފުލުހުން ބުނެފައިވާގޮތުގައި ޝަރީފް ހޯދަމުންދަނީ 202...

15 Nov 2025 | 05:08
ގެއްލިގެން ހޯދަމުން އަންނަ ޝަރީފް -

ގެއްލިގެން ހޯދަމުން އަންނަ ޝަރީފް -

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުން

އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ

ޝަރީފް (30އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޝަރީފް ހޯދަމުންދަނީ

2025 ނޮވެމްބަރ 09 ވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް

2025 ނޮވެމްބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެހައިކަންހާއިރު ފުލުހުންނަށް

ރިޕޯޓްކުރުމާ ގުޅިގެންނެވެ. "އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ

ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް

ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވޭ"

ފުލުހުން ބުނެފައިވެއެވެ.

ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ

ލަސްނުކުރައްވައި، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ދިވެހި ފުލުހުންގެ

ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން

އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް