މަޖަލަކަށް ހަދާފަ އެއްވެސް މީހަކު 911 ކޯލު ސެންޓަރަށް ނުގުޅާތި!

މަޖަލަކަށް ހަދާފަ އެއްވެސް މީހަކު 911 ކޯލް ސެންޓަރަށް ނުގުޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ 911 ކޯލް ސެންޓަރު އިފްތިތާހުކުރުމަށް...

15 Nov 2024 | 12:56

މަޖަލަކަށް ހަދާފަ އެއްވެސް މީހަކު 911 ކޯލް ސެންޓަރަށް ނުގުޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ 911 ކޯލް ސެންޓަރު އިފްތިތާހުކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

މިނިސްޓަރު ވިދާޅުވީ 911 ފަދަ ނަންބަރެއް ތައާރަފްވެގެން އަންނައިރުގައި އާދަކާދަ ހުންނަ ގޮތުން މި ނަންބަރަށް ވަރަށް ގުޅާހިތްވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް މި ނަންބަރަކީ އިމެޖެންސީ ހާލަތުގައި އެ ޚިދުމަތް ބޭނުންކުރާ މީހާއަށް ޚިދުމަތް ދެވޭނެ ނަންބަރަކަށް ވާތީ ޕްރޭންކް ކޯލްތައްކުރުމާއި ނުގުޅާން ޖެހޭ ހާލަތްތަކުގައި އެ ނަންބަރަށް ގުޅުމަކީ އެ ޚިދުމަތް ދިނުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި މިފަދަ ކަންކަމަކީ އެމީހާއަށް ވެސް ކުރަން އެންމެ ރަނގަޅުކަމަކަށް ނުވާނެ. އެހެންވީމާ އަޅުގަނޑު ހުރިހާ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްލަދެން މިފަދަ ޚިދުމަތްތައް ބޭނުންކުރައްވާއިރު ވަރަށް ޒިންމާދާރުވެވަޑައިގަތުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއަށް މޮބައިލް ފޯނު ތައާރަފްކުރުމުގެ ކުރިން ފޯނު ބޫތުތަކުން ދިރާގުގެ 123 އަދި 110 ފަދަ ނަންބަރުތަކަށް މަޖަލަކަށް ގުޅައިގެން އެކަން އާންމު އުނދަގުލަކަށްވި ޒަމާނެއް ވެސް ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް