ވަން އެވެނިއު އެޕާޓްމަންޓަކަށްވަދެ މުދަލައް ގެއްލުންދިން މައްސަލައެއް

ހުޅުމާލެ ވަން އެވެނިއު އެޕާޓްމަންޓަކަށްވަދެ މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެކަމެއް ހިނ...

15 Nov 2024 | 12:18

ހުޅުމާލެ ވަން އެވެނިއު އެޕާޓްމަންޓަކަށްވަދެ މުދަލަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެކަމެއް ހިނގިކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 06:32 ހާއިރު ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން" ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި "މިމީހާ" ނަމަކަށްކިޔާ މީހަކު ވަނީ މި ހާދިސާއާއި ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ. ފިރިހެނަކާއި އަންހެނެއްގެ ފޮޓޯއާއެކު އޭނާ ބުނެފައިވަނީ މިއަދު ހެނދުނު އެ ދެމީހުން، އެ އެޕާޓްމަންޓްގައި ކުޑަ ކުދިންތަކެއް ނިދާފައި ތިއްބާވަދެ އެ ކުދިން ހޭލައްވާލައި ތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ އެ ގޭގައި ތިބި މީހުންނަށް މަރުގެ އިންޒާރުދިން ކަމަށެވެ.

މިހރުވެސް އެ ކުދިން ތިބީ ބިރުންކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މިއީ ކޮން ކަމަކާއި ގުޅިގެން ހިނގާދިޔަކަމެއްކަން އަދި ސާފެއް ނޫނެވެ. މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ނޫނީ ނޫންކަމެއް ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް