ސްކޫލު މަދުރަސާތަކުގައި ކިޔަވާ ކުދިންނަށް އެކުދިންގެ ތުނބުޅި ބާލަން އެއްވެސް ފަރާތަކަށް ނޭންގޭނޭކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އަބްދުއްސަލާމް ދާއޫދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ ޖަމިއްޔަތުލް ސަލަފުން ސިލްސިލާކޮށް ގެނެސްދޭ ޢިލްމީ ޚަޒާނާގެ 550 ވަނަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝައިޚް ސަލާމް ވިދާޅުވީ ރާއްޖެ އަކީ ސައްތައިން ސައްތަ މުސލިމުން ދިރިއުޅޭ މުސްލިމް ގައުމެއް ކަމަށާއި އަދި ރާއްޖޭގެ ހުރިހާ ވުޒާރާއެއްވެސް ހުންނަނީ މުސލްިމުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އަދި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެހެން ކަމުން ސްކޫލަކުން ވިޔަސް އަދި އެ ނޫން ވުޒާރާއަކުން ވިޔަސް އެތަނެއްގެ ދަށުގައި ތިބޭ ކުދިންނަށް ނުވަތަ މަސައްކަތް ކުރާ މުވައްޒަފުންނަށް އިސްލާމް ދީނާއި އެއްގޮތަށް އަމަލުކުރުމުގެ ހައްޤު ލިބިދޭން ޖެހޭނޭކަމަށެވެ.
އަދި އެފަދަ ދީނާއި ޚިލާފު އެއްވެސް އަމުރަކަށް ދަރިވަރުން ތަބާވާން ނުޖެހޭނޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ރާއްޖެ އަކީ ސައްތައިންސައްތަ މުސިމުން ދިރިއުޅޭ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގެ ހުރިހާ ވުޒާރާއެއްވެސް މި ހުންނަނީ މުސްލިމުންގެ ބެލުމުގެ ދަށުގަ. އަދި ދައުލަތުގެ ދީނަކީ އިސްލާމްދީން. އެހެން ކަމުން ސްކޫލަކުން ވިޔަސް އަދި އެ ނޫން ވުޒާރާއަކުން ވިޔަސް އެތަނެއްގެ ދަށުގައި ތިބޭ ކުދިންނަށް ނުވަތަ މަސައްކަތް ކުރާ މުވައްޒަފުންނަށް އިސްލާމް ދީނާއި އެއްގޮތަށް އަމަލުކުރުމުގެ ހައްޤު ލިބިދޭން ޖެހޭނޭ. އެފަދަ ދީނާއި ޚިލާފު އެއްވެސް އަމުރަކަށް ދަރިވަރުން ތަބާވާން ނުޖެހޭނެ." ޝައިޚް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް