މުޅި ދުނިޔޭގަ ވެސް މިވަގުތު އޮތް އެންމެ މަޝްޙޫރު ފުޓުބޯޅަ ކުލަބަކީ ރޮނާލްޑޯގެ އަލް ނަޞްރު: ގުއިޑޯ ފިއެންގާ

މުޅި ދުނިޔެއަށް ނަޒަރު ހިންގާލި ނަމަވެސް މިވަގުތު އެންމެ ގިނަ ބަޔަކަށް އެނގޭ، އެންމެ މަޝްޙޫރު ފުޓުބޯޅަ ކުލަބަކީ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކުލަބު އަލް ނަޞްރުކަމަށް އެ ކުލަބުުގެ ސީއީއޯ ގުއ...

15 Nov 2024 | 06:42

މުޅި ދުނިޔެއަށް ނަޒަރު ހިންގާލި ނަމަވެސް މިވަގުތު އެންމެ ގިނަ ބަޔަކަށް އެނގޭ، އެންމެ މަޝްޙޫރު ފުޓުބޯޅަ ކުލަބަކީ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކުލަބު އަލް ނަޞްރުކަމަށް އެ ކުލަބުުގެ ސީއީއޯ ގުއިން ފިއެންގޯ ބުނެފިއެވެ.

ފިއެންގޯ ބުނީ އަލް ނަޞްރު ކުލަބާއި ގުޅުވާ މިފަދަ ވާކަހައެއް ބުނުމަކީ ބައެއް ފަރާތްތަކަށް ހަޖަމް ކުރަން އުނދަގޫ ވާނޭ ވާހަކައެއް ކަމަށާއި އެހެން ނަމަވެސް ހަގީގަތްވާނީ ހަގީގަތަކަށް ކަމަށެވެ.

ފިއެންގޯ ބުނީ އެވެސް މީހަކަށް ދެބަސް ވެވެން ނެތް އެންމެ ބޮޑު ހަގީތަކަކީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާ ރޮނާލްޑޯއަކީ މިވަގުތު ވެސް ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށެވެ. އަދި އެ މޮޅު ރޮނާލްޑޯ ސައުދީ ލީގުގައި ކުޅޭތަން ބެލުމަކީ ވެސް ގިނަ ބަޔަކަށް ހަޖަމް ކުރަން އުނދަގޫކަމެއް ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ކުޅެނީ އަލް ނަޞްރުގެ ޖޯޒީގައި ސައުދީ ލީގުގައިކަމަށް އޭނާ ބުންޏެވެ.

އަލް ނަޞްރު ދުނިޔޭގެ އެންމެ މަޝްޙޫރު ކުލަބަށް ވުމުމުގެ އެންމެ ބޮޑު ހަގީގަތަކީ ވެސް ޕޯޗުގަލް ތަރި އަދި ދުނިޔޭގައި މިވަގުތުވެސް ހުރި އެންމެ މޮޅު ފުޓޫބޯޅ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލބުގައި ހުރުންކަމަށް އޭނާ ބުނެފައިވެއެވެ.

" މިވަގުތު ދުނިޔޭގެ އެންމެ މަޝްޙޫރު ފުޓުބޯޅަ ކުޅުންތެރިޔަކީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ. އަދި ސުނިޔޭގެ އެންމެ މަޝްހޫރު ކުލަބަކީވެސް ރޮނާލްޑޯގެ އަލް ނަޞްރު. މިއީ ދެބަސްވެވެން ނެތް ހަގީގަތެއް." ގުއިޑޯ ފިއެންގޯ ސައުދީގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ އަލް ނަޞްރުގެ ކެޕްޓަނެވެ. ރޮނާލްޑޯ ސައުދީގެ އަލް ނަޞްރާއި ގުޅުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. އޭނާ އެ ކުލަބާއި ގުޅުނީ ދުނިޔޭގެ ރެކޯޑް ފީއަކަށެވެ. އަދިވެސް ދުނިޔޭގައި ހުރި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިއަކީ ރޮނާލްޑޯއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް