އިންޑިއާއަށް ދިޔަ ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެފައިއޮއްވާ ފެނިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ނަމަކަށްކިޔާ މީހެއްކަމަށް ރިޕޯޓްކޮށްފަ...

15 Nov 2024 | 06:07

އިންޑިއާއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެފައިއޮއްވާ ފެނިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ހަސަން ސުހައިލް ނަމަކަށްކިޔާ މީހެއްކަމަށް ރިޕޯޓްކޮށްފައިވާއިރު އޭނާ މަރުވެފައި އޮއްވާ ފެނުނީ ބެންގަލޫރުގެ އާރްޓީ ނަގަރުގެ ކުއްޔަށް ދޫކުރާ ތަނެއްގެ ކޮޓަރި ތެރެއިންނެވެ.

މި މަހުގެ 10 ވަނަ ދުވަހު ބެންގަލޫރަށްދިޔަކަމަށްބުނާ ސުހެއިލް އެންމެ ފަހުން އޭނާ ހުރި ކޮޓަރިން ނިކުތީ މިދިޔަ އަންގާރަ ދުވަހު (12 ވަނަ ދުވަސް) ކަމަށާއި ހަބަރެއްނުވާތީ ޕޮލިހަށް ރިޕޯޓްކުރުމުން ޕޮލިހުން ގޮސް ބެލިއިރު ސުހެއިލް އޮތީ އެ ކޮޓަރީގެ ތަޅުމުގައި މަރުވެފައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ސުހައިލް މަރުވެފައިއޮއްވާ ފެނުނުއިރު ގިނަ އަދަދަކަށް ހޮޑުލެވިފައިވާކަމަށާއި މިހާރު ސުހެއިލްގެ ހަށިގަނޑު މޯޗަރީއަކަށް ގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ. އަދި ޕޯސްޓްމޯޓަމް ހެދުމުގެ ކަންތައް ކުރިއަށްގެންދަން މަޑުކުރަނީ އާއިލާގެ ފަރާތުން އިންޑިއާއަށް ގޮސް ހުއްދަ ދިނުމުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ސުހައިލް ހުރި ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ސުހައިލް ވަނީ ބެންގަލޫރުން ބޯޕާލް އަށް ދިއުމަށް މި މަހުގެ 11 ވީ ހޯމަ ދުވަހަށް ޓިކެޓް ނަގާފައެވެ. ނަމަވެސް 11 ވަނަ ދުވަހު ދަތުރުކޮށްފައެއް ނުވެއެވެ. އަދި 14 ވަނަ ދުވަހަށް ބޯޕާލުން މުމްބާއިއަށް ޓިކެޓް ނަގާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ ފުލުހުން މިވަގުތަށް ސުހައިލްގެ މަރާއިމެދު ވަކި ގޮތަކަށް ނިންމާފައެއް ނުވެއެވެ. ނަމަވެސް ހާޓް އެޓޭކެއް ޖެހުނީ ކަމުގައި ބެލުމުގެ ފުރުސަތު އޮތްކަމަށްވެސް އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް