ހުކުރު ދުވަހު ދަތުރު ދިއުމުގެ ހުކުމް

ސުވާލު: ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ. ޖަވާ...

15 Nov 2024 | 05:23

ސުވާލު:

ބައެއް މީހުން އެއްގަމާއި ކަނޑުގެ އެކި ހިސާބުތަކަށް (ރަށްރަށަށް) ހުކުރު ދުވަހުގައި ދަތުރު ދެއެވެ. އެމީހުންގެ ބަހަނާއަކީ ހުކުރުދުވަހު ނޫނީ އެމީހުންނަށް ދަތުރު ދާނޭ ހުސްވަޤުތު ނުލިބޭ ކަމެވެ.

ޖަވާބު:

الحمد لله

“އެބައިމީހުންގެ ދަތުރުގައި ހުކުރު ނަމާދުކުރެވޭނެ ގޮތް ފަހިވެފައި އެބައިމީހުން ހުކުރުނަމާދަށް ޙާޟިރުވެ އެނަމާދު އަދާކޮށްފިނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އެދަތުރުގެ ސަބަބުން ހުކުރު ނަމާދުގެ ފަރުޟު ގެއްލިގެންދާނަމަ އެބައިމީހުންނަށް އެ ދަތުރު ހުއްދަވެގެން ނުވެއެވެ. އެއީ އެދަތުރުގެ ސަބަބުން ފަރުޟު ނަމާދެއް ގެއްލިގެންދާތީއެވެ.”

اللجنة الدائمة للبحوث العلمية والإفتاء .

“فتاوى إسلامية” (1/417) .

والله أعلم .

މަޝްދަރު: ޝާފިއު އެމްވީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް