ސިޔާސީ މިސްރާބު ބަދަލުކޮށްލެއްވުމަށް އިގްބާލް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކަމުން އަދި އާންމު މެންބަރު ކަމުން ވަކިވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް އިގްބާލް އާދަމް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި އާންމު މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ. އިސްތިއުފާ ގަބޫލުކުރެއްވުން އެދި ޖ...

15 Nov 2023 | 18:47

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް އިގްބާލް އާދަމް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި އާންމު މެންބަރުކަމުން ވަކިވެވަޑައިގެންފިއެވެ.

އިސްތިއުފާ ގަބޫލުކުރެއްވުން އެދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އިގްބާލު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސިޔާސީ ގޮތުން މިހތަނަށް ކުރައްވަމުންގެންދެވި މަސައްކަތުގެ މިސްރާބު މިއަދުން ބަދަލުކޮށްލުމަށް ގަސްތުކުރައްވާކަމަށެވެ.

ޕާޓީގައި ހޭދަކުރެއްވި މުއްދަތުގައި ބެހެއްޓެވި އޯގާތެރިކަމާއި އިހްސާންތެރިކަމާއި ގާތްކަން ފާހަގަކުރައްވައި އެކަންކަމަށް އިގްބާލް ވަނީ ޖޭޕީގެ ލީޑަރަށާއި އިސް ވެރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ޕާޓީއަށް ފަހި މުސްތަގްބަލަކަށް އިގްބާލްގެ ސިޓީގައި އެދިލައްވާފައިވެއެވެ.

އިގްބާލް ޖޭޕީން ވަކިކޮށްދިނުމަށްއެދިވަޑައިގެންފައިވާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިގްބާލް ވަނީ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން އިއުލާނުކުރައްވައި ޑރ. މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް