ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާނީ އެ ގައުމުގެ މިނިސްޓަރ އޮފް އާތު ސަޔަންސަސް ކިރަން ރިޖޭޖޫ ކަމުގައި އެ ގައުމުން ބުނެފިއެވެ.
އެ ގައުމުން މިކަން ހާމަކޮށްފައިވަނީ މިރޭ ނިއުދިއްލީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާއި ސިޔާދަތީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ދައުވަތު އަރުވާފައިވާނެކަމުގައި އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ބުނެފައިވެއެވެ.
ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް