މުއިއްޒު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު – "ހަފްތާ 14" އިފްތިތާހްކޮށްފި

އަންނަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ އައު ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ މަގުޗާޓު "ހަފްތާ 14" އިފްތިތާހްކޮށްފިއެވެ. މި މަގ...

15 Nov 2023 | 18:12

އަންނަ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނެ އައު ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ މަގުޗާޓު "ހަފްތާ 14" އިފްތިތާހްކޮށްފިއެވެ.

މި މަގުޗާޓު އިފްތިތާހްކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. "ހަފްތާ 14" އިފްތިތާހްކޮށްދެއްވީ ޑރ. މުހައްމަދު މުއިއްޒެވެ.

"ހަފްތާ 14"އިގާ އަށް ދާއިރާއަކުން 161 ކަމެއް ހިމަނާފައިވެއެވެ.

އެ އަށް ދާއިރާއަކީ:-

  • މިނިވަންކަމާއި ސިޔާދަތު
  • އިސްލާމްދީނާއި ގައުމިއްޔަތު
  • ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
  • އިގްތިސާދާއި ތިމާވެށި
  • އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
  • ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖްތަމައު
  • ތައުލީމާއި ތަމްރީނު
  • ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު

މި މަގުޗާޓުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެންމެ ފުރަތަމަ ދުވަހުވެސް ކުރާނެ ކަމެއްގޮތުގައި ހިމަނާފައިވަނީ ދިވެހިރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމެވެ. ދެވަނައަށް، ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ހިމަނާފައިވާއިރު ތިންވަނަ ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުން ހިމަނާފައިވެއެވެ.

ފުރަތަމަ 100 ދުވަހުގެ މަގުޗާޓު - "ހަފްތާ 14" Download

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް