ކޮމިޝަނަރ އޮފް ޕްރިޒަންސް، މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދުފުޅު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ. މީޑިއާތަކަށް މިއަދު އޭނާ ފޮނުއްވެވި މެސެޖެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވ...

15 Nov 2023 | 13:18

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު މުހައްމަދުފުޅު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

މީޑިއާތަކަށް މިއަދު އޭނާ ފޮނުއްވެވި މެސެޖެއްގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަން ރައީސް ސޯލިހަށް މިއަދު ސިޓީ ފޮނުވާފައިވާނެކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންގެސް މަގާމަށް އަހްމަދު މުހައްމަދުފުޅު ހަމަޖެއްސެވީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭގެކުރިން އޭނާ އަދާކުރައްވަމުން ގެންދެވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސްގެ މަގާމެވެ.

އިންސްޕެކްޓަރ އޮފް ޕްރިޒަންސްގެ މަގާމަކީވެސް މި ހިނގާ ސަރުކާރުގައި އޭނާ އައްޔަންކުރި މަގާމެކެވެ. އެ މަގާމަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރ އޮފް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް