އިންތިގާލީ މަރުހަލާގައި ވަޒީފާގެ ކުރިއެރުން ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ވަޒީފާގެ ކުރިއެރުން ދީފިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ފަސް ބޭފުޅަކަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކާއި އިތުރު ބައެއް ފުލުހުންނަށް ވަޒީފާގެ ފުރުސަތު ދީފައިވެއެވެ.
އެހެންނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އިންތިހާބީ ރައީސްގެ އޮފީހުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން ވަޒީފާގެ ކުރިއެރުން ދީފައިވަނީ ކޮން ބަޔަކަށްކަން ސާފުވެފައެއް ނުވެއެވެ.
ވަޒީފާގެ ކުރިއެރުންތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިންތިހާބީ ރައީސަށް މެސެޖެއް ފޮނުއްވާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ޕްރޮމޯޝަން ތަކަކީ އޯގަސްޓް މަހު ދޭން ނިންމި ޕްރޮމޯޝަން ތަކެއްކަން ސީޕީގެ މެސެޖުގައި ހާމަކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އިންތިހާބީ ރައީސްގެ އޮފީހުން މިކަމާއި ގުޅޭގުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް