މީޑިއާނެޓުގެ ވަރަށް ހާއްސަ ހަރަކާތްތަކެއް މާދަމާ ލަންކާގެ ގުރުވަ ކެފޭގައި

"އެންމެނަށް މީޑިއާނެޓް" ތީމްގެ ދަށުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގް ކުންފުނި މީޑިއާނެޓުގެ ވަރަށް ހާއްސަ އިވެންޓެއް ސްރީލަންކާގައި ބޭއްވުމަށް މީޑިއާނެޓުން ތައްޔާރުވެއްޖެއެވެ. މި އިވެންޓަކ...

15 Nov 2023 | 00:43

"އެންމެނަށް މީޑިއާނެޓް" ތީމްގެ ދަށުން ދިވެހިރާއްޖޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގް ކުންފުނި މީޑިއާނެޓުގެ ވަރަށް ހާއްސަ އިވެންޓެއް ސްރީލަންކާގައި ބޭއްވުމަށް މީޑިއާނެޓުން ތައްޔާރުވެއްޖެއެވެ.

މި އިވެންޓަކީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ހާއްސަކޮށްގެން ބާއްވާ އިވެންޓެއް ކަމަށާއި މި ހަރަކާތް މާދަމާ (ބުރާސްފަތި ދުވަހު) ހެނދުނު 10:00 އިން ފެށިގެން މިރޭ 10:00 އާއި ހަމައަށް ސްރީ ލަންކާގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ އަދި ދިވެހިންނަށް ފަރިތަ ގުރުވަ ކެފޭގައި ކުރިއަށްދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓުން ވަނީ "އެމް އެސް ގްލޯބަލް" ގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފައެވެ. މި ހިދުމަތާއެކު ރާއްޖެއިން ބޭރުގައިވެސް ދިވެހި ޗެނަލްތައް ފަސޭހަކަމާއެކު ބަލާލެވެއެވެ. އަދި މީޑިއާނެޓުގެ ވީޑިއޯ ކްލަބްގެ ހިދުމަތުގައި ހިމެނޭ ދިވެހި ފިލްމާއި ސީރީޒް އަދި ދުނިޔޭގެ މަގްބޫލު ފިލްމުތަކާއި ސީރީޒްތައް ބެލޭނެއެވެ. އެއީ "އެމް އެސް ލައިޓް ގްލޯބަލް" ހިދުމަތް މެދުވެރިކޮށް ޓީވީ އިން އަދި "އެމް އެސް ޑިޖިޓަލް ގްލޯބް" ހިދުމަތް މެދުވެރިކޮށް ފޯނުންނެވެ.

މި އިވެންޓްގައި އެމް އެސް ގްލޯބަލް ހިދުމަތާއި ގުޅޭ މައުލޫމާތު ދިނުމާއި، ރަޖިސްޓްރޭޝަން ފުރިހަމަކުރުން ކުރިއަށްދާނެއެވެ. ހަމައެހެންމެ އިވެންޓް ކުރިއަށްދާއިރު ކެފޭގައި އެމްއެސް ގްލޯބަލް އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

މި އިވެންޓްގެ ރޭގަނޑު ދަންފަޅީގައި ލައިވް މިއުޒިކްވެސް ކުރިއަށްދާނެކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. މި އިވެންޓަކީ ސްރީ ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނަށް އެއްތަނަކުން ބައްދަލުކޮށްލާ ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބިގެންދާ ފުރުސަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެމް އެސް ގްލޯބަލް ހިދުމަތް ބޭނުންކުރުމަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު އިންޓަނެޓް ކަނެކްޝަނެކެވެ. މީޑިއާނެޓް އެޕްލިކޭޝަން އެންޑްރޮއިޑް ޓީވީއަށް އިންސްޓޯލް ކޮށްލައިގެން މި އެޕްލިކޭޝަން ބޭނުންކުރެވޭއިރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ފޯނު ޑިވައިސްތަކަށް އިންސްޓޯލް ކުރެވޭނެއެވެ. އެމް އެސް ލައިޓް ގްލޯބަލް ޕެކޭޖްގެ އަގަކީ މަހަކަށް އެންމެ 199 ރުފިޔާ އެވެ. އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް ޕެކޭޖްގެ އަދަކީ މަހަކަށް އެންމެ 74 ރުފިޔާއެވެ. މި ދެ ހިދުމަތަށްވެސް ހާއްސަ އަހަރީ ޕްލޭންތަކެއްވެސް މީޑިއާނެޓުން ވަނީ ތައާރަފްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް