އަފްޣާނިސްތާނުގައި އިންސާނީ ޙާލަތާމެދު ކަންބޮޑުވޭ: އދގައި އިންޑިއާ

އަފްޣާނިސްތާނުގައި ހިނގަމުންދާ އިންސާނީ ޙާލަތާމެދު އިންޑިޔާއިން ވަރަށް ބޮޑަށް ކަންބޮޑުވި ނަމަވެސް، އިންޑިއާއިން އަފްޣާނިސްތާނާމެދު ގެންގުޅޭ ވިސްނުމަކީ ތާރީޚީ އެކުވެރިކަމާއި، އަފްޣާނިސްތާނުގެ ރައްޔިތުނ...

15 Nov 2022 | 17:29

އަފްޣާނިސްތާނުގައި ހިނގަމުންދާ އިންސާނީ ޙާލަތާމެދު އިންޑިޔާއިން ވަރަށް ބޮޑަށް ކަންބޮޑުވި ނަމަވެސް، އިންޑިއާއިން އަފްޣާނިސްތާނާމެދު ގެންގުޅޭ ވިސްނުމަކީ ތާރީޚީ އެކުވެރިކަމާއި، އަފްޣާނިސްތާނުގެ ރައްޔިތުންނާ އެކު އޮންނަ ޚާއްޞަ ގުޅުމެއްކަމަށް އދ.ގައި ހުންނަވާ އިންޑިއާގެ މަންދޫބު އާރް ރަވިންދްރާ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި އިންޑިއާއިން އެންމެ ބޮޑު އިސްކަމެއް ދެނީ ވަގުތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި،  ބައިވެރިވާ އަދި ތަމްސީލުކުރާ ސަރުކާރެއް އެކުލަވާލުމާއި، ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކުރުން ކަމަށް ސަފީރު ވިދާޅުވިއެވެ.

"އަފްޣާނިސްތާނުގެ ސަރަހައްދަކީ ޓެރަރިސްޓް އަމަލުތަކަށް ހިޔާވަހިކަން ދިނުމާއި، ތަމްރީނުދިނުމާއި، ރޭވުމާއި، ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ބޭނުންކުރާތަނަކަށް ވެގެން ނުވާނެ ކަމަށާއި، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައިވާ ޓެރަރިސްޓް ފަރާތްތަކާއި، ލަޝްކަރޭ ތައިބާ އާއި ޖައިޝް-އޭ-މުހައްމަދު ފަދަ ޖަމާއަތްތަކަށް،" އަފްޣާނިސްތާނުގެ ސަރަހައްދު ޓެރަރިޒަމްގެ ހަރަކާތްތަކަށް ބޭނުން ނުކުރުމަށް ގޮވާލާ ކަމަށް ސަފީރު ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަކީ، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި މިމަޤްޞަދު ޙާޞިލުކުރުމުގައި އިންޑިޔާއިން އަބަދުވެސް ދައުރެއް އަދާކުރަމުން ގެންދާނެކަމަށް" މަންދޫބު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް