އަލިފާނުގެ ހާދިސާ ހިނގި ގެ ސާފުކުރަމުންދަނިކޮށް މީހެއްގެ ފައިތިލައެއް ފެނިއްޖެ

އަލިފާނުގެ ހާދިސާ ހިނގި، ނިރުފެހިގެ ސާފުކުރަމުންދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެއެވެ. ފުލުހުން ވަނީ މީޑިއާއަށް މިކަން ކަށަވަރުކޮށްދީފައެވެ. "ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ...

15 Nov 2022 | 16:33

އަލިފާނުގެ ހާދިސާ ހިނގި، ނިރުފެހިގެ ސާފުކުރަމުންދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެއެވެ.

ފުލުހުން ވަނީ މީޑިއާއަށް މިކަން ކަށަވަރުކޮށްދީފައެވެ.

"ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ މިއަދު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މީހެއްގެ ފައި ފެނިފައިވީނަމަވެސް އިންސާނެއްގެ ހަށިގަނޑުގެ އިތުރު ބައެއް ފެނިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އަންނަނީ އެކަން އިތުރަށް ބަލަމުންނެވެ. އެއީ އަލިފާނުގެ ހާދިސާގައި ފިހުނު މީހެއްގެ ފައިތިލައއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހިނގި އަލިފާނުގެ އެ ހާދިސާގައި 10 މީހަކު މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އަށް މީހަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް