ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް ބޭނުން ފަރާތްތަކުން ކުރީގެ ފޯމު އިލެކްޝަންސް އަށް ހުށަހެޅޭ ތާރީހު މިރޭ ހަމަވާނެ އެވެ،
ޕާޓީތަކަށް ވަންނަން އެދި ހުށަހަޅާ އާ ފޯމު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރިތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އީސީން ވަނީ އެ މުއްދަތު ހަމަވާކަން ސިޔާސީ ޕާޓީތަކަށްވެސް އަންގާފައި އެވެ.
އެކަމަކު ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އީސީން ދިން މުއްދަތު ކުރުު ކަމުން ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
އަލަށް ތައާރަފު ކުރި ފޯމަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމަނަން ޖެހޭ ފޯމެކެވެ. އެގޮތުން ސިޔާސީ ޕާޓީއަށް ވަންނަން ޖެހޭ މީހާ ޕާސްޕޯޓު ފޮޓޯއެއް ޖަހައި އެމީހެއްގެ މަންމަގެ މައުލޫމާތު ހިމަނަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް