ލ. މާންދޫގައި ހިންގާ ވިލާ ކުންފުނީގެ ހޮރައިޒަން ފިޝަރީޒް އާއި ދެކޮޅަށް ތ އަދި ލ އަތޮޅު މަސްވެރިން ކުރި މުޒާހަރާ ހުއްޓާލައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ މުޒާހަރާ ފެށީ މަސްކިރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުމުންެވެ. އަދި ތެޔޮ އަގުބޮޑުވުމާއި ލިމިޓެއް ކަނޑައަޅައިގެން އައިސްވިއްކާތީ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާ ހުއްޓާލައި އެ ރަށުން ދޯނިތައް ފުރަން ފެށީ މިއަދު މެންދުރު ފަހު ކަމަށެވެ. މުޒާހަރާ ހުއްޓާލަން ނިންމީ މަސްވެރިންގެ ޑީމާންޑުތަކަށް ހޮރައިޒަންގެ މެނޭޖްމެންޓުން އިޖާބަދިނުމުން ކަމަށެވެ.
އެ ކުންފުނިން ވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ އިއްޔެއިން ފެށިގެން ޖަމާ ކުރަން ފަށާފައި އެވެ. އަދި ކިރުވާ މަހަށް ކުރިޔަށް އޮތްތާ މަހެއް ތެރޭގައި ފައިސާ ދޭނެ ކަމަށް އެއްބަސްވެފައިވެ އެވެ.
އައި ފައިސާ ނުދީ ހުންނަ މުއްދަތުގައި އެ ކުންފުނިން މަސްވެރިން ގަންނަ ތެލާއި އައިސްއަށް އެ ފައިސާއި ކެނޑޭގޮތަށްވެސް ހަދާފައި އެވެ. އެއްބަސްވުން އެކުލަވައިލައިފައިވަނީ ހޮރައިޒަންއާއި މަސްވެރިން ވެސް އެއްބަސްވީ ގޮތަށެވެ.
މުޒާހަރާ ނިންމާލާފައިވާއިރު މި މައްސަލައިގަ މަޖިލީހަށް އޮތީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް