ޕީކް ސީޒަނާއި ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަންއިން. ކުއްޔަށް މަތިންދާ ބޯޓެއް ގެނެސްފި އެވެ.
މޯލްޑިވިއަންއިން ބުނީ މި ބޯޓު ގެނައީ ވެޓް ލީސް ނުވަތަ ކުރު މުއްދަތަކު ބޭނުން ކުރުމަށް ކަމަށެވެ. އެއީ އޭޓީއާރު 72-600 މަރުކާގެ މަތިންދާ ބޯޓެކެވެ.
އެ ބޯޓު ގެންނަން ނިންމީ ޕީކް ސީޒަން ކަމަށްވާ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ މަހަށް ހާއްސަކޮށެވެ. މޯލްޑިވިއަންއިން ބުނީ މިހާރު ފްލައިޓްތަކުގެ ބުކިންއަށް ބަލާއިރު އެތެރޭގެ އުދުހުންތަކަށް ވަރަށް ބާރުބޮޑު ކަމަށެވެ.
އަދި އެ ޑިމާންޑު އިތުރުވަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
އޭޓިއާރު72-600 މަރުކާގެ ބޯޓުތަކަކީ ދުނިޔޭގެ ބޮޑެތި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި މަގުބޫލު އެއާކްރާފްޓެއްކަމަށް މައުލޫމާތުދެ އެވެ. އެއީ74 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ.
ތަޖުރިބާކާރުންގެ ލަފާއަށް ބަލާއިރު އެ ކުންފުންޏަށްވެސް އެންމެ އެކަށީގެންވާ ބޯޓަކީ އެއީ ކަމަށް ބުންޏެވެ.
މޯލްޑިވިއަންއިން ވަނީ އަންނަ ޖެނުއަރީ މަސް ނިމުުމުގެ ކުރިން އަލަށް ތިން މަތިންދާބޯޓު ގެންނާނެކަން އިއުލާނުކޮށްފައި އެވެ. އަލަށް ގަންނަ ތިން ބޯޓުގެތެރެއިން ދެ ބޯޓަކީ އޭޓިއާރު72-600 މަރުކާގެ މަތިންދާ ބޯޓެވެ.
ދެން ގެންނަނީ50 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް