ނަޝީދުގެ މައްސަލަތައް ހިފައިން އެމްޑީޕީ މެމްބަރުން މުލިއާގެއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެދު ހުރި ހިތްހަމަ ނުޖެހޭ ކަންކަމައިގެން އެމްޑީޕީގެ މެމްބަރުން ރައީސް އިބްެރާހިމް މުހައްމަދު ސޯލިހާއި މުލިއާގޭގައި ބައްދަލު ކުރައްވައިފި އެެވެ. މި ބަ...

15 Nov 2022 | 10:50

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެދު ހުރި ހިތްހަމަ ނުޖެހޭ ކަންކަމައިގެން އެމްޑީޕީގެ މެމްބަރުން ރައީސް އިބްެރާހިމް މުހައްމަދު ސޯލިހާއި މުލިއާގޭގައި ބައްދަލު ކުރައްވައިފި އެެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މި ބައްދަލުވުމުގައި މެމްބަރުން ވަނީ ޓެކްސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރުމަށް ދެ ުވަހު ތާވަލު ކުރުމުން ކުރިޔަށް ނުގެންދިޔަ މައްސަލައިގަ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި އެވެ.

މެންބަރުން ބަހުސް ކުރަމުންދާ ވަގުތު ނަޝީދު އެ ބަހުސްގައި ބައިވެރިވެވަޑައިގެން މައުލޫއާ ގުޅޭ ގޮތުން އެމަނިކުފާނުގެ ހިޔާލު ފާޅު ކުރެއްވުމާއި ވަގުތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލާގައި ވެސް ބައެއް މެންބަރުން މިއަދު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމް މި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާގައި ވިދާޅުވީ މެމްބަރުންގެ ޝަކުވާތައް ރައީސާ ހިއްސާ ކުރެއްވި ކަމަށާއި ވަކި ގޮތަކަށް ކަންކަން ކުރާކަށް ރައީސް އިރިޝާދު ދެއްވާފައި ނުވާ ކަމަށެވެ. އަދި ނިންމާ ގޮތެއް ނިންމާ ގޮތެއް ނިންމާނީ ޕީޖީ ގުރޫޕުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް