ހިޔާ ޓަވަރުތަކުން ކަރަންޓު ކަނޑައިގެން ދިޔަތާ ތިން ގަޑިއަރަށްވުރެ ގިނަ އިރު ފަހުން އަލުން ހިދުމަތް ދީފި އެވެ.
ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ ހެނދުނު 11:15 ހާއިރު އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް، އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ގެއްލުންލިބުމުގެ ސަބަބުން ކަމަށެވެ. އަލުން ކަރަންޓު ދީފައިމިވަނީ އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށެވެ.
ސްޓެލްކޯއިން ބުނީ ހިޔާގެ ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތް ކެނޑުނީ ކަރަންޓު ކެނޑުމާއި ގުޅިގެން ކަމަށެވެ.
ކަރަންޓު ކެނޑުމާއި ގުޅިގެން25 ބުރީގެ އިމާރާތްތަކުން ލިފްޓުގެ ހިދުމަތްވެސް މެދުކެނޑުނެވެ. އަދި އެތައް ހާސް ރައްޔިތުންނަށް ވަނީ ތިން ގަޑިއިރެއްހާއިރަށް ދަތި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައި އެވެ.
މިއަހަރު ކުރީ ކޮޅުވެސް ހިޔާ ޓަވަރުތަކަށް ކަރަންޓުދޭ މައި ކޭބަލް ބުރިވެގެން ޓަވަރުތަކުން ކަރަންޓު ކެނޑުނެވެ. އެ ފަހަރުވެސް ދެ ގަޑިއިރެއްހާއި ކަރަންޓު ދޭން ނެގި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް