ހިޔާ ސަހަރުގައި ކަރަންޓެއް ފެނެއް ނެތް – ކަރަންޓު ލިބެން ދެ ގަޑިއިރު ނަގާފާނެ

ހިޔާ ސަރަހައްދުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ. މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ،  އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ ...

15 Nov 2022 | 07:52

ހިޔާ ސަރަހައްދުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭގެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑިފައިވަނީ،  އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގެއްލުންލިބުމުގެ ސަބަބުން  ކަމަށާއި އެކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

އެއަށްފަހު ބުނެފައިވަނީ ހިޔާޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށާއި  މި މަސައްކަތަށް ހޭދަވާނީ 2 ގަޑިއިރު ކަމަށް ބެލެވޭ ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1592415757761384448

https://twitter.com/STELCOMALDIVES/status/1592420103764979712

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް