ޝެއިންއިން ރާއްޖެއަށް ހިލޭ ޝިޕްކޮށްދޭން ފަށައިފި

ދިވެހިންގެ މެދުގައި މަގުބޫލު އޮންލައިން ޝޮޕިން ޕްލެޓްފޯމް ޝެއިންއިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕްކޮށްދޭން ފަށައިފި އެވެ. ޝެއިން ދިވެހިންގެ މެދުގައި މަގުބޫލުވީ ކޯވިޑް-19 ގެ ދުވަސްވަރު އެވެ. ޝެއިން...

15 Nov 2022 | 05:26

ދިވެހިންގެ މެދުގައި މަގުބޫލު އޮންލައިން ޝޮޕިން ޕްލެޓްފޯމް ޝެއިންއިން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޝިޕްކޮށްދޭން ފަށައިފި އެވެ.

ޝެއިން ދިވެހިންގެ މެދުގައި މަގުބޫލުވީ ކޯވިޑް-19 ގެ ދުވަސްވަރު އެވެ. ޝެއިންއިން ހިލޭ ޝިޕްކޮށްދިނުން ހުއްޓާލީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

ޝެއިން އިން ޝިޕިންގެ އަގު ނުނަގައި ތަކެތި ގަނެވެނީ 250 ޑޮލަރުން މަތީގެ ވިޔަފާރި ކުރާ ނަމަ އެވެ. މީގެ ކުރިން ޝެއިން އިން ރާއްޖެ އަށް މުދާ ގެންނައިރު ކުރިން އޮންނަނީ 200 ޑޮލަރަށް ވުރެ ގިނައިން ގަންނަ ނަމަ ހިލޭ ޝިޕްކޮށްދޭ ގޮތަށެވެ.

މިދިޔަ ތިން މަހު ޝިޕިން ފީގެ ގޮތުގައި30 ޑޮލަރު ނަގަ އެވެ. މިހާރު ހަމަޖެއްސި ގޮތުން250 ޑޮލަރަށްވުރެ މަދު މުދާ ގަންނަ ނަމަ ޝިޕްކޮށްދެނީ24 ޑޮލަރަށެވެ.

ރާއްޖެއަށް ޝިޕް ކުރަން ޝެއިންއިން ފީ ނަގަންފެށި ސަބަބެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް