ރޮނާލްޑޯ ދެން އެނބުރި ޔުނައިޓެޑަށް ނާންނާނެ - ފަޑިނާންޑް

މެންޗެސްޓަރ ޔުނައިޓެޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ކުލަބާއި ދެމެދު އޮތް ލޯބީގެ ގުޅުން ނިމިއްޖެ ކަމަށާއި ދެން އެނބުރި ޔުނައިޓެޑަށް ރޮނާލްޑޯ ނާންނާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ...

15 Nov 2022 | 04:53

މެންޗެސްޓަރ ޔުނައިޓެޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ކުލަބާއި ދެމެދު އޮތް ލޯބީގެ ގުޅުން ނިމިއްޖެ ކަމަށާއި ދެން އެނބުރި ޔުނައިޓެޑަށް ރޮނާލްޑޯ ނާންނާނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ތަރި ރިއޯ ފަޑިނާންޑް ބުނެފިއެވެ.

ރޮނާލްޑޯ އާއި އޭނާގެ ކުލަބު ޔުނައިޓެޑުގެ މިވަގުތުހެ ހާލަތާއި ގުޅޭ ގޮތުން މީޑިއާއާއި ވާހަކަދައްކަމުން ފަޑިނާންޑް ބުނީ ރޮނާލްޑޯ އާއި މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށާއި ދެން އަލުން އެބުރި ކުލަބަށް އައުމަކީ ނުވާނެކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

މީގެ ކުރިންވެސް ރޮނާލްޑޯގެ ދިފާއުގައި ވާހަދައްކާފައިވާ އަދި ރޮނާލްޑޯއާއި ގާތް ގުޅުމެއް އޮންނަ ފަޑިނާންޑް ބުނީ މީގެ ކުރިންވެސް ރޮނާލްޑޯގެ ފަރާތުން ކުލަބުގެ ކަންތައްތަކައި މެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގޭ ކަމަށާއި އަދި މިދުވަސް އަންނަނާނެ ކަން އޭނާއަށް މާކުރިންވެސް އެނގޭ ކަމަށެވެ.. އަދި ދެން ކުލަބުން ބޭނުންވިޔަސް އަދި ކުޅުންތެރިން ބޭނުންވިޔަސް ރޮނާލްޑޯ އެނބުރި އައުމަކީ ނުވާނޭ ކަމެއް ކަމަށް ފަޑިނާންޑް ބުންޏެވެ.

ރޮނާލްޑޯގެ އިންޓަވިއުގައި އެންމެ ބޮޑަށް ފާހަގަވި އެއްޗަކީ ކޯޗު ޓެން ހާގް އާއި މެދު އޮތް ގޯސް ގުޅުމުގެ ވާހަކަ ކަމަށާއި އޭގައި ކަނޑައެޅިގެން ޓެން ހާގަށް އިޙުތިރާމު ނުކުރާކަމަށް ރޮނާލްޑޯ ބުނުމަކީ އަލުން އެނބުރި އަންނާނެ ކަމަށް ނުބެލެވޭ އެއްންމެ ބޮޑު ސަބަބު ކަމަށް ފަޑިނާންޑް ބުންޏެވެ. އަދި ކޯޗާއި މެދު ހިންހަމަ ނުޖެހުމަކީ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން ބޭނުން ނުވާ އެންމެ ބޮޑު ސަބަބުކަމަށް ވެސް ފަޑިނާންޑް ބުންޏެވެ.

ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކަމުން ފަޑިނާންޑް ބުނީ ރޮނާލްޑޯ އޭނާގެ އިންޓަވިއުގައި ވާހަދައްކާފައިވާ ގޮތައް ބަލާއިރު، މި ގޮތައް ވާހަކަ ދެއްކުމަކީ ހަމަ އެނަކި ރޮނާލްޑޯގެ ފަރާތުން ފެނުނު ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ޔުނައިޓެޑަށް ކުޅުނު ގިނަ ކުޅުންތެރިންގެ ފަަރާތުންވެސް ފެނުނު ކަމެއް ކަމަށެވެ. އެގޮތުން ވެން ނިސްޓަލްރޫއީ އާއި ރޯއީ ކީން، ޖެމް ސްޓެމް އަދި ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން ވެސް ކުލަބު ދޫކޮށް ދާން ޖެހުނީ ހަމަ މިބާވަތުގެ މައްސަލަތައް ފެންމަތިވެގެން ކަމަށް ފަޑިނާންޑް ބުނެފައިވެއެވެ. އެހެން ކަމުން ރޮނާލްޑޯގެ އިންޓަވިއުގައި އަޑު އިވުނު ވާހަކަ ތަކަކީ އާ ވާހަކަތަކެއް ނޫން ކަމަށާއި އެއީ މީގެ ކުރިން ޔުނައިޓެޑަށް ކުޅުނު ގިނަ ކުޅުންތެރިންގެ ފަރާތުންވެސް އިވުނު އަޑުތަކެއް ކަމަށް އޭނާ ބުންޏެވެ.

ފަޑިނާންޑް އިތުރަށް ބުނީ މިހާރުގެ ހާލަތައް ބަލާއިރު، ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި މިކަމަށް ގެންނާނެ ހައްލެއް ބުނަން އޭނާއަށް ވެސް ނޭންގޭ ކަމަށެވެ. އެނގޭހާވެސް އެއްޗަކީ ރޮނާލްޑޯ ދެން އެބުރި ޔުނައިޓެޑާއި ނުގުޅޭނެ ކަންކަމަށް ފަޑިނާންޑް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް