މަސްތުވާތަކެތީގެ އާ ބާވަތެއް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ އާ ބާވަތެއް އަތުލައިގެންފި އެވެ. ކަސްޓަމްސް އިން ބުނީ ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރީ މެތޯފަން ކިޔާ ބާވަތެއްގެ މަސްތުވާތަކެތި ...

15 Nov 2022 | 04:40

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ އާ ބާވަތެއް އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރީ މެތޯފަން ކިޔާ ބާވަތެއްގެ މަސްތުވާތަކެތި ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ބައި ކިލޯ ހުއްޓެވެ.

މިއީ މިބާވަތުގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ޕާރުސަލް ރާއްޖެއަށް ފޮނުވީ ބަހްރެއިނުން ކަމަށެވެ. އެތަކެތި އަތުލައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

މި މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު އެ ތަކެއްޗާއި ހަވާލުވި މީހާ ދެނެގަނެވިފައިވާކަމެއް ނޭނގެ އެވެ. އަދި މި މައްސަލައިގަ މީހަކު ހައްޔަރު ކުރިކަމެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް