ހިޔާ ފްލެޓު ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ އަންނަނީ ހުށަހަޅަމުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުން އަންނަ ކަމަށެވެ. އެފަދަ މައްސަލަތައް ހުށަހަޅާ ކަމަށެވެ.
"އެފަދަ އެއްވެސް ޝަކުވާއެއް އައިސްފި ނަމަ ފުލުހުން އެ ސަރަހައްދަކަށް އެޓެންޑުވަން. އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުން." ފުލުހުން ބުންޏެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް