ރާއްޖެއިން މިއަދު ކޮވިޑު ޖެހުނީ 159 މީހުންނަށް ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެއިން 19 މީހުންނާއި އަތޮޅުތަކުން 124 އަދި ރިސޯޓުތަކުން 16 މީހުން ކަމަށެވެ.
މިއަދުގެ އަދަދާއެކު ރާއްޖެއިން 89،999 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 3،906 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،201 އެވެ. އެޑްމިޓްކޮށްގެން ފަރުވާދެނުން އަންނަނީ 9 މީހުން ނަށެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 87،538 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި ނިޔާވެފައިވަނީ 247 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް