ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފި

ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫއުގެ ދަށުނ...

15 Nov 2021 | 16:10

ނ. ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ވެލިދޫގެ ފަސް ކިލޯމީޓަރުގެ މަގުތަކުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމު ކުރުން ހިމެނެ އެވެ. އަދި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއު ތެރޭގައި ހިމެނެ އެވެ.

ވެލިދޫ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު އެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 450 ދުވަހުގެ ތެރޭގައި ނިންމުމަށް އާރްޑީސީ އާއި  ހަވާލުކުރެވުނު 88.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް