މަހަށް ގޮސް އުޅުނު 44 އަހަރުގެ މީހެއް ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގދ. ތިނަދޫ “ވޭވް” ނަމަކަށް ކިޔާ މަސްދޯނީގައި މަހަށް ގޮސް އުޅުނު އަހުމަދު ހަސަން، އެވެ.
މަސްވެރިކަމުގައި އުޅެނިކޮށް ހާލުދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ މިއަދު ހަވީރު 5:20 ކަން ހާއިރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް