ޒިންމާދާރު ޒުވާނުން އުފެއްދުމަށްޓަކައި "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހް ކޮށްފި

ޒިންމާދާރު ޒުވާނުން އުފައްދުމުގެ މަޤްސަދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހް ކޮށްފިއެވެ. މި ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒު...

15 Nov 2021 | 14:06

ޒިންމާދާރު ޒުވާނުން އުފައްދުމުގެ މަޤްސަދުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ލާމަސީލު ޒުވާނާ" ކޭމްޕް އިފްތިތާހް ކޮށްފިއެވެ.

މި ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި އިސްލާމްދީނަށް ލޯބިކުރާ، މަސައްކަތުގެ މާހައުލަށް ޝައުޤުވެރި އަދި މަސައްކަތުގެ އަޙްލާޤް ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ކޭމްޕް ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.

އިއްޔެ ހަވީރު މާލޭގެ ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ބޭއްވި ރަސްމިއްޔާތުގައި މި ކޭމްޕާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހުސައިން އިސްމާއިލް އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. އަދި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީގެ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް