އޮންލައިންކޮށްލާ! އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯއްދަވާ!

އެމްޑަބްލިއުއެސްސީއިން އިންނަނީ ކުންފުނީގެ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ، ކަސްޓަމަރުންނ...

15 Nov 2021 | 14:05

އެމްޑަބްލިއުއެސްސީއިން އިންނަނީ ކުންފުނީގެ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނާއި ހަމައަށް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ. އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު މަގްސަދަކީ، ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ވީހާވެސް ލުއިފަސޭހަ ކަމާއެކު ހިދުމަތްތައް ލިބޭނޭ އިންތިޒާމްތައް ހަމަޖައްސަައި ދިނުމެވެ. މިގޮތުން އެ ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފަސޭހަކަމާއެކު ކޮންމެތަނެއްގައި ހުރެގެން އޮންލައިންކޮށް ފޯމު ހުށަހެޅުމާއި، ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިތުުރން ހިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ހޯދައި ލިބިގަނެވޭނެއެވެ.

މި ޕްލެޓްފޯމްތަކަކީ:

  • އެމްޑަބްލިއުއެސްސީ މޯބައިލް އެޕްލިކޭޝަން
  • އީ-ޕޯޓަލް
  • އީ-ޕޭ
  • ބޭންކް ޓްރާންސްފަރ
  • ސެލްފް ސާވިސް ކިއޮސްކް

އޮންލައިންކޮށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ހިދުމަތްތަކުން ލިބޭ ފަސޭހަތަކަކީ:

އެމްޑަބްލިއުއެސްސީ އެޕް

  • ފެންބިލަށް ފައިސާ ދެއްކުމުގެ އިތުރުން، ފެންބިލާ ބެހޭ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ.
  • ބިލް ކަލްކިއުލޭޓަރ ބޭނުންކޮށްގެން ފެންބިލަށް އަރާވަރުގެ އަންދާޒާއެއް ބަލާލެވޭނެ.
  • ފެން ބޭނުންކުރެވެމުންދާ މިންވަރު ބަލާލެވޭނެ.
  • އިތުރު މީޓަރުތައް އެޑްކޮށް، އިހުތިޔާރުކުރާ ނަމަކަށް މީޓަރުގެ ނަން ބަދަލުކޮށްލެވޭނެ.
  • ޗެޓް ސަޕޯޓް ސާވިސް، މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންނާ ވާހަކަދައްކާލެވޭނެ.
  • ތިމާވެއްޓާ ރައްޓެހިގޮތަކަށްވެ، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މިއީ އެހީއަކަށް ވޭ.

އީ-ޕޯޓަލް

  • އެމްޑަބްލިއުއެސްސީގެ އީ-ޕޯޓަލް މެދުވެރިކޮށް ކުންފުނިން ފޯރުކޮށްދޭ ހިދޔމަތްތަކަށް ފަސޭހަކަމާއެކު އެދިލެއްވޭނެ.
  • ހުށަހަޅާފައިވާ ހިދުމަތުގެ ސްޓޭޓަސް ބަލައިލެވޭނެ.
  • ފަސޭހަކަމާއެކު ހިދުމަތްތަކާއިބެހޭ ތަފްސީލް ބަލާލުމާއެކު ބިލަށް ފައިސާވެސް ދައްކާލެވޭނެ.

އީ-ޕޭ

  • ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެމްޑަބްލިއުއެސްސީ އީ-ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފެންބިލަށް ފައިސާ ދެއްކޭނެ.
  • އީ-ޕޭގައި ރަޖިސްޓްރީ ނުކޮށްވެސް ބިލަށް ފައިސާ ދައްކާލެވޭނެ.

ބޭންކް ޓްރާންސްފަރ

  • ބޭންކް ޓްރާންސްފަރ މެވެރިކޮށް ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ.
  • ޑައިރެކްޓް ބޭންކް ޓްރާންސްފަރ ބޭނުންކުރައްވައިގެން ކުންފުނީގެ ހިދުމަތްތަކަށް ފައިސާ ދައްކާ ފަރާތްތަކުން، https://banktransfers.mwsc.com.mv މި ވެބް ޕޭޖުގައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ޓްރާންސެކްޝަންގެ ރަޝީދު ފޮނުވާލަންވާނެ.

އެމްޑަބްލިއުއެސްސީގެ ސެލްފް ސާވިސް ކިއޮސްކް

  • މި ކުންފުނީގެ ކަސްޓަމަރ ސާވިސް ފްރޮންޓް އޮފީހުގައި ބެހެއްޓިފައިވާ ސެލްފް ސާވިސް ކިއޮސްކުން ފެންބިލްތަކުގެ ތަފްސީލް ބަލައިލާ އަދި ފެންބިލް ޕްރިންޓްވެސް ކޮށްލެވޭނެ.

އެމްޑަބްލިއުއެސްސީގެ އެއްވެސް ހިދުމަތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންފުޅުނަމަ، އެމްޑަބްލިއުއެސްސީގެ 24 ގަޑިއިރުގެ ހޮޓްލައިން 105 އަށް ގުޅާލުމުން ފަސޭހަކަމާއެކު މައުލުމާތު ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް